English Edition
Dhivehi Edition

އެމްޑީޕީ އަކީ ތަސައްރަފުފުދޭ ޕާޓީއެއްކަން ތަކުރާރުކޮށް އެމްޑީޕީން ސާބިތުކޮށްދެމުން ދާކަމަށާއި އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަކީ އެކަމުގެ ހެއްކެއް ކަމައް އެމްޑީޕީގެ ޗެއަރޕަރސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭއްސުރެ ކުރިއަށްދާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ނިންމާލުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެމްޑީޕީއަކީ ތަފާތު ޚިޔާލުތަކަށް މަރުހަބާކިޔާ ޕާޓީއެއްކަަމަށާއި އެފަދަ ޚިޔާލުތަފާތުވުންތަކަށް ޕާޓީން ހައްލުހޯދާނީ މަޝްވަރާކޮށްގެންކަމަށެވެ.

އެމްޑީޕީގެ އެތެރޭގައިވާ ދެބަސްވުންތައް ނައްތާލާ، އެއްގޮތަކަށް ކުރިއަށް ދިއުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެއްވެސް ހުރަހެއް ނެތި ހުންނަވާނެ ކަމަށް ވިދާޅުވެ ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ތަފާތު ޚިޔާލުތަކަށް މަރުހަބާކިޔާ ޕާޓީއެއްކަަމަށާއި އެފަދަ ޚިޔާލުތަފާތުވުންތަކަށް ޕާޓީން ހައްލުހޯދާނީ މަޝްވަރާކޮށްގެންކަމަށެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ތަނުގައި ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްޕުޅުކުރައްވާނެ ކަަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްއަށް ހުށަހެޅި އެންމެ ބޮޑު ކަމަކީ، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރަން ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރެވެ. ނަމަވެސް ކޮންގްރެސްގެ ދެވަނަ ސެޝަންގައި ދެ ރައީސުންގެ ދެމެދު ހިނގި މަޝްވަރާތަކަކަށް ފަހު ނަޝީދު ވަނީ ދޫދެއްވައި، ގަރާރު އަނބުރާ ގެންދެވާފަ އެވެ.

 

ޓެގު