English Edition
Dhivehi Edition

އެމްޑީޕީން ދެން އަމާޒު ބަހައްޓަންވީ ސީދާ ރިޔާސީ އިންތިހާބަށް ކަމަށާއި އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ ތަނެއް ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ “ކޮންގްރެސް 2023” ފެށިއިރު, ހުރިހާ މެމްބަރުންގެ މެދުގައި އެންމެ ބޮޑު ކަންބޮޑުކަމެއްގެ ގޮތުގައި އޮތީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމްގެ ބަހުސް ކުރަން އޮތް ބޮޑު ގަރާރު ކަމަށް ވީ ނަމަވެސް ކޮންގްރެސްގެ އެންމެ ފަހު އެންޖެންޑާގައި ދެ ރައީސުން ސްޓޭޖަށް އަރައިވަޑައިގެން އެ ދެ ބޭފުޅުންގެ ވިސްނުން މިވަގުތަށް އެއްގޮތް ކުރައްވައިފިކަން ވަނީ ހާމަ ކުރައްވަވާފައެވެ.

އަދި ކޮންގްރެސް ފެށި އިރު އޮތް މާހައުލު ވަރަށް ތަފާތު ކަމަށާއި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް މެމްބަރުންގެ މެދުގައި އޮތް ކަމަށް ވީ ނަމަވެސް ނިޒާމީ ގަރާރު އަނބުރާ ގެންދަވަން ނަޝީދު ނިންމެވި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށާއި ކޮންގްރެސް މި ނިންމާލަނީ ވަރަށް މެޗުއާ ޕާޓީއެއް ގޮތަށް ކަމަށް ރައީސް ސާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިޙް ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ރިޔާސީ އިންތިހާބަށް ކަމަށާއި އެކަތިގަނޑެއް ގޮތުގައި ތިބެ ވާދަވެރިން މި އިންތިހާބުން ބަލި ކުރުމަށް އެއް އަޒުމެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބޭ އިރު އެކި ކަންކަން ބޭނުންވާނެ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް އެއްކިބާކޮށް ޕާޓީއާ އެކު ކުރިޔަށް ދާން ތިބިކަން މިއަދު ކޮންގްރެސް އިން ހާމަވެގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

“މިއީ ބޮޑު ޕާޓީއެއް. ޕާޓީން ކެންޑިޑޭޓެއް ކަނޑައަޅާނެ, އެކަމަށް ޕާޓީގެ ގަވައިދުގައި އުސޫލުތައް އެބަ އޮތް, އެ އުސޫލުގެ ތެރޭން ޕާޓީން އިންތިހާބު ކުރާ ކެންޑިޑޭޓެއް ހޮވައި އަޅުގަނޑުމެން އެކުގައި ނުކުންނަންވާނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ނުފެނޭ, މާދަމާ މިކަމައިގެން އަވަސްވެ ގަންނަންވީ,”” ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކައަށްފަހު, ނަޝީދު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް ކުރިއަށް އޮތް އިންތިހާބު ކާމިޔާބު ކުރުމާއި ހިޔާލުތައް އެއްގޮތް ކުރުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށެވެ. އެކަން ކުރިއަށް ދާނީ ދެފުށް ފެންނަ މާ ސާފު ގޮތަކަށް އެމަނިކުފާނު ވިދާޅުވި އެވެ

ޓެގު