English Edition
Dhivehi Edition

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތިން ޒޯންއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ސައުތު ސެންޓްރަލް ޒޯން (ސ. ހިތަދޫ) މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 05 ސެޕްޓެމްބަރ 2022 އިން 10 ސެޕްޓެމްބަރ 2022 އަށެވެ. ނޯތް ސެންޓްރަލް ޒޯން (ނ. ހޮޅުދޫ)ގެ މުބާރާތް 21 ސެޕްޓެމްބަރ 2022 އިން 26 ސެޕްޓެމްބަރ 2022 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ސެންޓްރަލް – މާލެ ޒޯން މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 ސެޕްޓެމްބަރ 2022 އިން 18 ސެޕްޓެމްބަރ 2022 އަށެވެ،

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ސްކޫލަކަށް ހުޅުވާލާފައިވާއިރު ސައުތު ސެންޓްރަލް ޒޯން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 25 އޯގަސަޓް 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހުޅުވިފައެވެ. ސެންޓްރަލް – މާލެ ޒޯން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 04 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 ހަމައަށް ހުޅުވާލާފައިވާއިރު، ނޯތް ސެންޓްރަލް ޒޯން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 11 ސެޕްޓެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ވަނީ ހުޅުވާލާފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އެންމެހާ ސްކޫލް/ މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ،