English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯޝޫޓާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގާއި ގުޅިގެން ސުވާލު ކުރުމަށް، ފުލުހަށް ހާޒިރުވުމަށް އޭނާއަށް އަންގައިފި އެވެ.

މި މައްސަލަ މުމްބާއީގެ އެންޖީއޯ އަކުން ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ޖުލައި މަހުގެ 26 ވަނަ ދުވަހު ފުލުހުން ވަނީ އެ މައްސަލަ ތަހުޤީގުކުރަން ފަށާފައެވެ.

ބައިނަލްއަގްވާމީ މަޖައްލާއެއްގައި އާއްމު ކުރަން ނެގި ބަރަހަނާ ފޮޓޯޝޫޓާއި ގުޅިގެން، މުމްބާއީ ފުލުހުން ރަންވީރު އަށް ފޮނުވި ނޯޓިސްގައި ވަނީ ބަޔާން ނެގުމަށް މިމަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުހުން ޗިޓް ހަވާލުކުރުމަށް ރަންވީރު ގެ ގެއަށް ދިޔައިރު އޭނާ ގޭގައި ނުޅޭތީ ޗިޓް ހަވާލުކުރެވޭ ގޮތް ވަނީ ނުވެފައެވެ. މުމްބާއީ ފުލުހުން ބުނީ ރަންވީރު އަބުރާ ގެއަށް އައުމުން ޗިޓް ހަވާލުކުރާނެކަމަށެވެ.

ރަންވީރުގެ އިންސްޓަގްރާމް އެކައުންޓްގައިވެސް މި ފޮޓޯތައް ފޯސްޓުކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ މިކަމާއި ގުޅިގެން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މިއީ އިތުރަށް ފައިސާ ހޯދުމުގެ ގޮތުން އޭނާ ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި ޒުވާނުންނަށް އެކަމުގެ ވަރަށް ބޮޑު ނޭދެވޭ އަސަރެއްކުރާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.