English Edition
Dhivehi Edition

މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން ގިނަވުމަކީ އެކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އެޅުވޭނެކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ މުއައްސަސާގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ އެންމެބިޔަ އެއް މަޝްރޫއުގެ ބިންގާ އެޅުމަށް ކ.ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ފުލުހުންގެ ޚިދުމަށް ހަރުދަނާކޮށް ފުޅާކޮށް ކުރުމަކީ ދައުލަތާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ މުހިންމު އެއް ޚިދުމަތް ކަމަށެވެ.

މުޖްތަމަޢުގެ ތެރޭގައި ކުށްކުރުން ގިނަވުމަކީ އެކަމުގެ ޒިންމާ ހަމައެކަނި ފުލުހުންގެ ބޮލުގައި އެޅުވޭނެކަމެއް ނޫންކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވީ ކުށް މަދުކުރަން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައި އޮންނަނީ އެބައެއްގެ މެދުގައި އޮންނަ އަމަންއަމާން ކަމާއި ހަމަޖެހުމާއި ސުލްހަވެރި ކަމުގެ މައްޗަށް ކަމަށެވެ، އަދި ހަމަޖެހުމެއް ނެތް މުޖުތަމައެއް ކުރިއަރާނެ ގޮތެއް ނޯންނާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އިތުރަށް އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް ފުޅާކޮށް ފުލުހުންނާމެދު ދިވެހިންގެ ތަސައްވަރު ރަނގަޅުކޮށް ފުލުހުންނަކީ ދިވެހިން އިޙްތިރާމްކުރާ އިތުބާރުކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށެވެ.

ޓެގު