English Edition
Dhivehi Edition

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރަލާފައި އޮތް އަންހެން މީހާގެ ހަތަރެސްފައި ވެސް ބުރިކޮށްލާފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ބުނެފިއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ އަނިޔާވެރި ގަތުލުއާންމުގައި، މަރާލާފައިވަނީ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދެވެ. މި އަނިޔާވެރި މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މަޝްހޫރު ސްކޭޓަރު، ފ. ނިލަންދޫ ފިނިފެންމާގޭ އުމުރުން 22 އަހަރުގެ އަލީ ޝާހިލްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ދެމީހުން ދިރިއުޅެމުންދިޔައީ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ، އެއް ކޮޓަރީގައެވެ.

ޝީއާއުގެ އާއިލާގެ ގާތް ފަރާތަކުން ބުނީ ޝީއާއު މަރާލިކަން އެގުނީ އެ އެޕާޓްމެންޓްގެ އެހެން ކޮޓަރިއެއްގައި އުޅޭ މީހަކަށް ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީވެސް އެ ފަރާތުންކަމަށެވެ. އަދި ޝިއާއުގެ ކަރު މުޅިން ބުރިވެފައި ނުވާ ކަމަށާއި ނަމަވެސް ކަރު ވަކިނުވެ އޮތީ “ކިރިޔަކިރިޔާ” ކަމަށް އެ ފަރާތުން ބުންޏެވެ. މީގެ އިތުރުން އެ ފަރާތުން ބުނީ ޝިއާއުގެ ދެއަތް ވެސް އުޅަނބޮއްޓާ ހިސާބުން ބުރިކޮށްލާފައިވާއިރު ދެ ފައިވެސް އޮތީ ފަލަ މަސްގަނޑާއި ހަމައިން ބުރިކޮށްލާފައިކަމަށެވެ

ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާހިލް އަކީ ޝިއާއުގެ ފިރިމީހާކަމަށް ރިޕޯޓްކޮށްފައިވާ އިރު ޝިއާއުގެ އާއިލާގެ ގާތް ފަރާތަކުން ބުނީ އެއީ ޝިއާއުގެ ފިރިމީހާ ނޫންކަމަށެވެ. އަދި އެ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫންކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.