English Edition
Dhivehi Edition

މޫސުން ގޯސްވާނެތީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު 15:30އިން ފެށިގެން 19:30އާ ހަމައަށެވެ. މި ގަޑިތަކުގައި 25 މެލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެކަމަށްވެސް އެއޮފީހުންވަނީ ލަފާކޮށްފައެވެ.

މެޓުން ވަނީ މިގަޑިތަކުގައި މި ސަރަޙައްދުގެ ކަނޑުތައް ވަރަށްބޮޑަށް ގަދަވާނެކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކަނޑު ގަދަވާ ވަގުތުގައި ކަނޑުދަތުރަށް ނުނިކުތުމަށް މެޓް އޮފީހުންވަނީ އިސްލިތިމާސްކުރައްވާފައެވެ. ހާއްސަކޮށް ރީނދޫ ސަމާލުގެ ވަގުތުގައި ކުދި އުޅަނދުތައް ކަނޑުމައްޗަށް ނުނިކުތުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ.

މިގަޑިތަކުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުވުމަށްވެސް މެޓް އޮފީހުން ވަނީ އަންގާފައެވެ.

ދިރާސީ އައު އަހަރަށް ސްކޫލްތައް ހުޅުވޭ ދުވަސްވަރަށް ވުމާއެކު، މިދުވަސްވަރަކީ ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. ނަމަވެސް މޫސުމީ ސަމާލުތަކުގައި ދަތުރުކުރުން ރައްކާތެރިނުވާތީ، އެކަން އެގޮތަށް ނުކުރުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ކަނޑުމައްޗަށް ނިކުންނައިރު، އުޅަނދުގައި ސަލާމަތީ ވަސީލަތްތައް ހަމަކުރުމާއި މުވާސަލާތީ ވަސީލަތްތައްތައް ހަމަތޯ ބެލުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ދަނީ އިރުޝާދު ދެމުންނެވެ.