English Edition
Dhivehi Edition

4 ފޮޓޯއާއެކު ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުން މީ ގަރުނުގެ އެންމެބޮޑު ޖޯކު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ އޭނާގެ ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްތެއްގައި މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގެ ތެރެއިން ފޭރިގެންފައިވާކަމަށް ރައީސް ނަޝީދުގެ އާއިލާއިން ބުނެފައިވާތީ އެއަށް ރައްދުދެއްވައެވެ.

“ތި ފޮޓޯ ފޮނުވި މީހާގެ ފޯނުތަ އަނެއްކާ މިރޭ ކުނޫޒި ކައިރިން ޖަހައިގަތީ؟” ރޮޒައިނާ ސުވާލުކުރައްވާފައިވެއެވެ.

މީގެ އިތުރުން “މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމު އަޅުވާފަ މިއަށްވުރެން ހަމަޖެހޭ ވާހަކައެއް ނޭނގުނީބާ” އޭ ވެސް ސުވާލު ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފޯނު، އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގެ ތެރެއިން ފޭރިގެންފައިވާކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ މިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާކުރައްވާފައެވެ.

މެންދުރުގެ ފަރީއްކޮޅަށް ރައީސް ނަޝީދު އިންސާފުކުރައްވަން އިންނަވަނިކޮށް މީހަކު ނަޝީދުގެ ފޯނު ޖަހައިގަނެގެން ފިލީީ ކަމަށް އީވާ އެ ގްރޫޕަށް ފޯވާޑުކުރި މެސެޖެއްގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިޕާޓްމެންޓުން ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ ފޯނު މިއަދުގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަމަށެވެ.

ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެންކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.