English Edition
Dhivehi Edition

ބޮލީވުޑުގެ ބަތަލާ ތާޕްސީ ޕަންނޫ އަކީ އަބަދުވެސް، އޭނާ ބުނަން ބޭނުންވާ ވާހަކަތައް ވަރަށް ސާފު ސީދަލަށް ބުނާ ތަރިއެކެވެ. ތަޕްސީއަކީ، އޭނާއަށް ބޮލީވުޑްގައި ލިބިފައިވާ ކުރިއެރުމާއި ކާމިޔާބީތަކުގެ އިތުރުން ދިރިއުޅުމުގެ ވާހަކަތައްވެސް ސާފު އިބާރާތުން ކިޔައިދޭ ތަރިއެކެވެ.

ހިންދުސްތާން ޓައިމްސް އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ތާޕްސީ ވަނީ އޭނާ ދުވަހަކުވެސް ފިލްމީ ތަރިއަކާއި ރައްޓެހި ނުވާނެކަމަށް ބުނެފައެވެ. ފިލްމީ ތަރިއަކާއި ރައްޓެހި ނުވާނެ ސަބަބު ހާމަކުރަމުން ތާޕްސީ ބުނީ އެކްޓަރަކާއި އެކްޓްރެސްއެއްގެ ލޯބީގެ ގުޅުމެއް ކާމިޔާބެއް ނުވާނެކަމަށެވެ. އިތުރަށް ތާޕްސީ ބުނީ މަސައްކަތުގައި އުޅޭއިރު ވެސް ފިލުމުގެ ވާހަކަތައް ދައްކައިފައި، ގެއަށް އައިސް ވެސް ފިލުމުގެ ވާހަކަތައް ދައްކަން ބޭނުން ނުވާކަމަށެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގައި ގުޅުމެއްގައި ހިމެނޭނީ އެންމެ ތަރިއެއް. އަހަރެން ފިލްމީ މަސައްކަތްތައް ކުރުމަށްފަހު އަހަރެން ބޭނުންވޭ ގެއަށް ދާންވެސް. ޕްރޮފެޝަނަލް ދިރިއުޅުމާއި ޕާސަނަލް ދިރިއުޅުން ހަމަހަމަކަމާއެކު ގެންގުޅެން ބޭނުންވޭ. އަހަރެން ވަރަށް މަސައްކަތްކުރަން މި ދެ ދިރިއުޅުން އެއް ނުކުރުމަށް. މަސައްކަތުގެ މާހައުލުގެ އިތުރަށްވެސް އަހަރެންގެ ދިރިއުޅުމެއް އެބައޮތް. “ތާޕްސީ ވަނީ ބުނެފައެވެ.

ތާޕްސީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ އަދި ކޯޗު މެތިއަސް ބޮއޭއާއެވެ. ތާޕްސީ އާއި މެތިއަސް ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވީ ނަމަވެސް ދެމީހުން އެކުގައި ބޭރުތެރެއިން ފެންނަން ފެށީ މި އަހަރުގެ ތެރޭގައެވެ.

ޓެގު