English Edition
Dhivehi Edition

ކުރިއަށް އޮތް ހަފްތާގައި މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުން ބުނެފިއެވެ.

މެޓުން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވާނެކަމަށެވެ. އަދި މެދު ރާއްޖެތެރެ އާއި ދެކުނަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުމާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މީގެ އިތުރުން އެ ސަރަހައްދަށް ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިއަދާއި މާދަމާގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.