English Edition
Dhivehi Edition

އިންޑިއާގެ އާ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ދްރޫޕަދީ މުރްމޫ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މަރުހަބާ ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސާލިހުގެ ޓްވީޓުގައި ވިދާޅުވީ ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާކަމަށެވެ. އަދި އެކަމަނާގެ ލީޑާޝިޕްގައިވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާގެ 15 ވަނަ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިޚާބު ކޮށްފައިވަނީ އިއްޔެ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހާއި އިންޑިއާގެ ސްޓޭޓްތަކުގެ ލެޖިސްލޭޓިވް އެސެމްބްލީތަކުގައި ނެގި ވޯޓުންނެވެ. މި އިންތިޚާބު އޭނާ ކާމިޔާބުކުރެއްވީ ޔަޝްވަންތް ސިންހަ އާ ވާދަކުރައްވާ 64.03 އިންސަތައް ވޯޓުންނެވެ.

ދްރޫޕަދީ އަކީ އިންޑިއާގެ ރައީސް ކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއެވެ. އޭނާ މަޤާމުގެ ހުވާ ކުރައްވާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދްރޫޕާދީ ސިޔާސީ މަސައްކަތް ފެށީ 1997 ވަނަ އަހަރުއެވެ. އޭނާ އަކީ ވެރިކަންކުރާ ބީޖޭޕީގެ ދުވަސްވީ މެންބަރެކެވެ.