English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ،.

މި ގޮތުން 700 ރުފިޔާ އާއި ނޮކިއާ ބްރޭންޑްގެ މޯބައިލް ފޯނަކާއި، ކަޅުކުލައިގެ އަތުކުރީ ގަޑިއެއްގެ އިތުރުން ފެން މޯޓަރަކާއި ޑިސްކޯ ލައިޓަކާއި އެމެޖެންސީ ލައިޓެއް އަދި ބައިސްކަލެއްގެ ވެރި ފަރާތް ހޯދުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ގޮތުން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ހުރި ތަކެތީގެ ތެރޭގައި

  • ޖުލައި 11 ވަނަ ދުވަހު ވެގާ ޕޮއިންޓް ފިހާރަ ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 700 ރުފިޔާ – އިންސިޑެންޓް ނަންބަރ 527677
  • ޖުލައި 18 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ނޮކިއާ ބްރޭންޑްގެ މޯބައިލް ފޯނަކާއި ކަޅުކުލައިގެ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރ 528298

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މާފަންނު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ހުރި ތަކެތީގެ ތެރޭގައި

  • ޖުލައި 17 ވަނަ ދުވަހު ދަކަނދާމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފެން މޯޓަރެއް.އިންސިޑެންޓް ނަންބަރ 528170
  • ޖުލައި 20 ވަނަ ދުވަހު ޔާގޫތު ގޯޅިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޑިސްކޯ ލައިޓަކާއި އެމެޖެންސީ ލައިޓެއް. އިންސިޑެންޓް ނަންބަރ 528490
  • ޖުލައި 20 ވަނަ ދުވަހު އަބަދަށްއުފާ މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 528489
    މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު