English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ތިން މީހެއް ރާއްޖެއިން ފުރުން މަނާކޮށް ކޯޓު އަމުރެއް ނެރެފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއް ނެރެ، ރާއްޖެއިން ފުރުން މަނާކޮށްފައިވަނީ ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކާނަލް މުހައްމަދު ނަޝީދާއި އަލަމްގިރި ކަމަށެވެ.

އެމީހުން ރާއްޖެއިން ފުރުން މަނާކޮށް ކޯޓު އަމުރި ނެރުނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންނާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ލިވާތު ކުޅިއާއި ގުޅުންހުރި މައްސަލަތަކެކެވެ.