English Edition
Dhivehi Edition
ބީއެމްއެލް އިން މާލޭގައި ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްއެއް - ފޮޓޯ: ސަން

އީދު ޗުއްޓީއަށް ބޭންކުތައް ބަންދުވާތީ މުހިންމު މުއާމަލާތްތައް ނިންމުމަަށް ބޭންްކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

ބީއެމްއެލް އިން މިހެން ބުނީ މި ޖުލައި މަހުގެ 10 އިން 14 އަށް ބޭންކުތައް ބަންދުވާނެކަން މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީން އިއުލާނުކޮށްފައިވާތީ ރައްޔިތުންގެ ސަމާލުކަމަށް ނެރެފައިވާ ނޯޓިސްއެއްގައެވެ.

އެ މުއްދަތުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކުން، ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންފަރ ކުރުމުގެ ޚިދުމަތް ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ ކަމަށް ބުންޏެވެ. އަދި ދުވަހުގެ ބޭންކިންގ ބޭނުންތަކަށް އިންޓަރނެޓް ބޭންކިންގ އާއި ބޭންކުގެ މޯބައިލް އެޕް ހިޔާރުކުރުމަށް ވަނީ އެދިފައެވެ.

ބޭންކުން ބުނީ ޢީދު ބަންދަށް ބަންދުވުމަށްފަހު ދެން ހުޅުވޭނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.