English Edition
Dhivehi Edition

ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ފާސްކޮށް ތަޢާރަފްކޮށްފިއެވެ.

70 އަށްވުރެ ގިނަ ނިޝާންގެ ތެރެއިން ފާސްކޮށްފައިވަނީ ދިވެހި އަކުރުގައި ހިމެނޭ ‘ރ’ ގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައިވާ ތަން ދައްކުވައިދޭ ނިޝާނެވެ. މިއީ މ. ސްޕޮޓްލައިޓް، ހަސަން ޝުޖާއު ހުށަހަޅާފައިވާ ފަރުމާއެކެވެ.

އެމްއެމްއޭ އިން ބުނީ މި ނިޝާން ފާސްކުރި ކޮމެޓީގައި އެމްއެމްއޭ އާއި ދިވެހި ބަހުގެ އެކަޑަމީގެ އޮފިޝަލުންނާއި މިފަދަ މަސައްކަތް ކުރާ އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ކަމަށެވެ.

މިއީ ރާއްޖޭގައި ދިވެހި ރުފިޔާގެ ނިޝާނެއް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.