English Edition
Dhivehi Edition

އެމެރިކާގެ މަޝްހޫރު ޑްރަމަރ، ޓްރެވިސް ބާކާ ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ޓެރެވިސް އެޑްމިޓްކޮށްފައިވަނީ ހުސްވިމަހު 30ވަނަ ދުވަހުއެވެ. އޭނާ ކުއްލިއަކަށް އެޑްމިޓް ކުރަންޖެހުނީ ބަނޑުގައި ރިއްސައި ހޮޑު ލަވަން ފެށީމަކަމަށް މީޑިއާ ތަކުން ރިޕޯރޓް ކޮށްފައި ވެއެވެ.

ޓްރެވިސް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ހެދިޓެސްޓް ތަކުން ދައްކާ ގޮތުގައި އޭނާގެ ބައްޔަކީ “ޕެންކްރިއެޓައިޓިސް” އެވެ. މިވަގުތު އޭނާ އަށް ފަރުވާ ދެމުންދާއިރު ހާލު ރަނގަޅު ކަމަށް މީޑިއާތަކުން ރިޕޯރޓް ކޮށްފައި ވެއެވެ. ޕެންކްރިއޭޓްސް އިންފެކްޓް ވުމުން ބަނޑުގައި ވަރަށް ބޮޑަށް ރިއްސާ، ހޮޑުލެވި ވުމަކީ މިބަލީގެ އަލާމާތެކެވެ. ކާޑޭޝިއަން އާއިލާގެ ގާތް މީހަކާ ހަވާލާދީ މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ހުސްވިމަހު 30 ވަނަ ދުވަހު ޓްރެވިސް، ގޭގައި ހުއްޓާ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ ހިނގާވެސް ނުލެވިގެން އެމްބިއުލާންސަށް ގުޅައި ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރިއެވެ.

ޓްރެވިސް އަކީ މީގެ އަހަރުތަކެއް ކުރިން ބޮޑުހާދިސާއަކުން ސަލާމަތް ވެފައިވާ މީހެކެވެ. ޓްރެވިސް އާއި އޭނާގެ އެކުވެރިންތަކެއް ދަތުރުކޮށްފައި ދިޔަ ޕްރައިވެޓް ޖެޓް 2008 ވަނަ އަހަރު އެކްސިޑެންޓްވިއެވެ. އޭގެން ސަލާމަތްވީ ޓްރެވިސް އާއި އިތުރު އެކުވެރިޔަކު އެކަންޏެވެ. އެކްސިޑެންޓަށްފަހު ޓްރެވިސްގެ ގައިގެ %30 ފިހުނެވެ. އޭނާ މިވޭނުން ސަލާމަތް ވިއިރު ނަފްސާނީ ގޮތުން ވަރަށްބޮޑަށް ބަލިވިއެވެ.

15 މޭއި 2022 ގައި އެމެރިކާގެ މަޝްހޫރު ކާޑޭޝިއަން އާއިލާ މެމްބަރެއް ކަމަށްވާ ކޯޓްނީ އާއި ޓްރެވިސް ވަނީ ކައިވެނި ކޮށްފައެވެ. ޓްރެވިސް މީގެ ކުރިން އެމެރިކާގެ ފިލްމީ ތަރި ޝަނާ މޯކްލާ އާއި ކައިވެނިކޮށް ދެކުދިން ލިބިފައި ވެއެވެ.