English Edition
Dhivehi Edition
ގދ. ފިޔޯރީއަށް އުދަ އަރާފަ - ފޮޓޯ: ހިލްޓަން އާސިފް

މޫސުން ގޯސްވެ، ހުވަދު އަތޮޅުގެ ގިނަ ރަަށްތަކަށް އުދަ އަރަން ފަށައިފިއެވެ.

އެގޮތުން އައްޑު ސިޓީ އާއި ހުވަދު އަތޮޅުގެ ގިނަ ރަށްތަކަށް ދަނީ އުދަ އަރަމުންނެވެ.

ސޯޝަލްމީޑިއާ ގައި ދައުވާ ފޮޓޯ އާއި ވީޑިއޯތަަކަށް ބަލާއިރު، ބައެއް ރަށްރަށުގެ ގޭގެ ތެރެއަށް ލޮނުގަނޑު ވަދެފައިވާއިރު، މަގުތަކުގައި ކަކޫތާފެނަށް ލޮނިގަނޑު ވަނީ ހެދިފައެވެ.

ގދ މަޑަވެލިން މައުލޫމާތު ދިން ގޮތުގައި އެރަށާއި ހޯނޑެއްދޫ ގުޅުވާފައި އޮންނަ ކޯޒްވޭ ސަރަހައްދުން އުދަ އަރަމުންދާއިރު، އުދައިގެ އަސަރު އެރަށުގެ ހައުސިންގ ޔުނިޓްތަކާ ހަމައަށް ވަނީ ފޯރާފައެވެ. އަދި މަޑަވެލި ހޯނޑެއްދޫ ކޯޒްވޭ ގުޅުވާލާފައި އޮންނަ ބޮޑު މަގަށް ވެސް ވަރަށް ބޮޑަށް ވަނީ އުދަ އަރާފައެވެ.

މީގެ އިތުރުން ހޯނޑެއްދޫ ފުޓްބޯޅަ ދަނޑާ ހަމައަށް އުދަ އަރާފައިވާ ކަމަށޢި ގދ ފިޔޯރީއަށް ވެސް ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ