English Edition
Dhivehi Edition

ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ބުނެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.

މި ރަސްމިޔާތުގައި ރައީސް ނަޝީދު ވިދާޅުވީ ކަސްރަތު ކުރުމަކީ އިސްލާމްދީނާއި ހިލާފު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ މިނިވަންކަމާއި އުފަލުގައި އުޅެމުން އައި ބައެއް ކަމަށާއި މިއަދު ދެކެވޭ ވާހަކަތަކުން ދިވެހިންގެ ދިރިއުޅުމަށް ބުރޫ އަރާނެކަމަށެވެ. ގައުމުތައް ހަލާކުގެ އައްސޭރިއަށް އަދި ބާކީވެ އެކަހެރިވި މަންޒަރު ވެސް އެމަނިކުފާނަށް ފެނިފައިވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އެ ހާލަތަށް ދިޔުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭފަދަ، ރާއްޖެއެއް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދު ވެސް އަމާޒު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ މަގުސަދު ހާސިލުކޮށްދޭނެ ޕާޓީއަކީ. އެމްޑީޕީ ކަމަށެވެ.