English Edition
Dhivehi Edition

ބެންކޮކް އެއާވޭސް އިން ރާއްޖެ އަށް އަލުން ދަތުރުތައް ފަށައިފިއެވެ.

ތައިލެންޑްގެ ރީޖަނަލް އެއާލައިނެއް ކަމަށްވާ ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ހަފްތާގެ ހަތަރު ދުވަހު ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަންގާރަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހުއެވެ. މި ދަތުރުތައް ކުރާނީ ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ބެންކޮކް އެއާވޭސް އިން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކޮށްފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލީ 2020 ވަނަ އަހަރުގެ މާޗްމަހުގައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު ބެންކޮކް އެއާވޭސް އިން އަންނަނީ ދަތުރުތައް އަލުން ފަށަމުންނެވެ.