English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް ކުރި އިއުލާނުގައި ވަނީ މިއަދުން ފެށިގެން 11 އޯގަސްޓް 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 އާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާއިފައިވާކަމަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކާއި

  • ނޫސްމަޖައްލާ ކެޓަގަރީ
  • ބްރޯޑްކާސްޓިންގ ކެޓަގަރީ

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ

  • ތަޙްޤީޤީ ނޫސްވެރިކަން
  • ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ
  • ސިޔާސީ
  • ޝަރުޢީ އަދި ޤާނޫނީ
  • ވިޔަފާރިއާއި އިޤުތިޞާދީ
  • ކުޅިވަރު
  • ފޮޓޯ ޖާރނަލިޒަމް
  • ވީޑިއޯ ޖާރނަލިޒަމް
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސް
  • ފީޗަރ
  • އުންމީދީ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމުންނެވެ.