English Edition
Dhivehi Edition
ބަންގްލަދޭޝްގެ ރެއިންބޯ ފިލްމު ސޮސައިޓީ އިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ “21 ވަނަ ޑާކާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިންކުރި އިއުލާނުގައި ބުނީ 21 ވަނަ ޑާކާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް” ގައި ބައިވެރިވުމަށް ދިވެހިރާއްޖެ އަށް ދައުވަތު ލިބިފައިވާކަމަށެވެ. އަދި މިފެސްޓިވަލްގެ ސެގްމެންޓެއް ކަމުގައިވާ “ވެސްޓް މީޓްސް އީސްޓް ސްކްރީންޕްލޭ ލެބް” އަށް ހުށަހެޅުމަށް ފީޗަރ ފިލްމު ލެންތްގެ ފިކްޝަން ޕްރޮޖެކްޓެއް ފޮނުވުމުގެ ފުރުޞަތު ވެސް ލިބިފައިވާކަމަށެވެ.
އެހެންކަމުން ފިކްޝަން ޕްރޮޖެކްޓްގައި ބައިވެރިވުމަށް 30 ޖޫން 2022 ގެ ކުރިން [email protected] އަށް މެއިލް ކޮށް [email protected] އަށް ކޮޕީ ކުރުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވަނީ އެދިފައެވެ.