English Edition
Dhivehi Edition

‘އިންޓަ ރިސޯޓް ވޮލީބޯލް ޗެންޕިއަންޝިޕް 2022’ އޯގަސްޓް މަހު ފެށުމަށް ހަމަޖައްސައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރި އިއުލާނުގައި ބުނެފައިވަނީ މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 01 އޮގަސްޓް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިންކަމަށެވެ. އަދި ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ގެ ތާރީހަކީ 08 އޮގަސްޓް 2022 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

މި މުބާރާތުގެ ގަވައިދުގައި ބަޔާންކޮށްފައިވަނީ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން 500 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ، ޗަންދާއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ. ވޮލީބޯލް އެސޯސިއޭޝަނުން ކަނޑައަޅާ ރިސޯޓެގައި ނުވަތަ މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް އެކުލެވިގެން ވަނީ ދެ މުބާރާތުގެ މައްޗަށެވެ. އެއީ އިންޓަ ރިސޯޓް ޗެމްޕިއަންޝިޕާއި (ރިޒޯޓް ޒޯން) އަދި ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މުބާރާތު ގައި ބައިވެރި ވުމުގެ ފޯމާއި، ޓީމް ލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާއިދު https://www.gazette.gov.mv/iulaan/197620 އެ އެސޯސިއޭޝަނުން ލިބެން ހުންނާނެކަމަށެވެ.