English Edition
Dhivehi Edition

“ސްނެޕްޗެޓް ޕްލަސް”ގެ ނަމުގައި މަހު ފީ ދައްކައިގެން ބޭނުންކުރެވޭ ހިދުމަތެއް ތައާރަފުކުރަން ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.

“ދި ވާޖް” ނޫހަށް ދިން އިންޓަވިއުއްގައި ސްނެޕްގެ ސްޕޯކްސްޕާސަން ލިޒް މާކްމަން ބުނީ “ސްނެޕްޗެޓް ޕްލަސް”ގެ އިންޓާނަލް ޓެސްޓުތައް މިހާރު ކުރަމުން އަންނަކަމަށާއި އެ ހިދުމަތާ އެކު، ހަމައެކަނި ފީ ދައްކައިގެން ބޭނުންކުރެވޭ އާ ފީޗާތަކެއް ވެސް ލިބޭނެކަމަށެވެ.

ސްނެޕްޗެޓް ޕްލަސްގައި ބޭނުން މީހަކު “ބީއެފްއެފް” ގޮތުގައި ޕިން ކުރެވޭ ގޮތް ހެދެއެވެ. އަދި ސްނެޕްގެ އައިކަން ބަދަލުކުރެވޭ ގޮތާއި އެއް ފަހަރަށް ވުރެ ގިނައިން ސްނެޕް ސްޓޯރީ ބަލާ މީހުން ފެންނާނެ ގޮތް ވެސް ހަދައިދެ އެވެ.

ސެނެޕްއިން މަހު ފީއެއް ދައްކަންޖެހޭ ހިދުމަތެއް ތައާރަފްކުރުމަށް ތައްޔާރުވަމުން އަންނައިރު މި މަހު ފަހުކޮށް، މެސެޖިން އެޕް ޓެލެގްރާމް އިން ވެސް “ޕްރިމިއަމް”ގެ ނަމުގައި މަހު ފީ ދައްކަންޖެހޭ ހިދުމަތެއް ތައާރަފުކުރަން އަންނަނީ ތައްޔާރުވަމުންނެވެ.