English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލޭގައި ގެއެއްގެ ލިފްޓް ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ދިރިއުޅޭ އަންހެނަކު އެ ގޭގެ ލިފްޓަށް އެރި ވަގުތު، ލިފްޓަށް އެރި ފިރިހެނަކު އޭނާ އަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް އަންގާރަދުވަހު ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަ އިތުރުވަމުން އަންނައިރު، މިފަދަ މައްސަލަތަކުގައި އިންސާފު ލިބުން ލަސްވަމުންދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.