ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިއަދު ހަވީރު 4 ޖަހާއިރު ކަމަށެވެ.
އެމަނިކުފާނު މީޑިއާތަކާއި ބައްދަލުނުކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާއިރު، ބައެއް މީޑިއާތަކުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވާފައި ނުވާއިރު، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަކީ 300 ދުވަހަށްފަހު އެމަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމެވެ.