English Edition
Dhivehi Edition
ޕީޕީއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން- ފޮޓޯ ޕީޕީއެމް

ޕީޕީއެމް ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.

އެ ޕާޓީން ބުނީ ކައުންސިލަށް އިތުރު ކޮށްފައިވާ 10 މެމްބަރުންނާއި ހުސްވެފައިވާ ދެ މަޤާމާއިއެކު ޖުމްލަ 12 މެމްބަރުންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަމަށެވެ.

އެއީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 29 ވަނަ މާއްދާ އަށް ގެނެވުނު ބަދަލާއިއެކު ކަމަށާއި އަދި އެމާއްދާގެ 15 ވަނަ ނަންބަރުގައިވާ އަންހެން މެމްބަރުންގެ ތެރެއިން ކައުންސިލުން ހުސްވެފައިވާ ފަސް އަންހެން މެމްބަރުކަމުގެ މަޤާމަށް ވެސް ކުރިމަތިލުމަށް ހުޅުވާލާކަމަށް އެ ޕާޓީން ބުނެއެވެ.

މިމަޤާމުތަކަށް ކުރިމަތިލެވޭނީ މިމަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުނަނަށް ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ. އަދި މިމަޤާމުތަކަށް ޝައުގުވެރިވާ ޕީޕީއެމްގެ މެމްބަރުން މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެޕާޓީ އޮފީހަށް ނުވަތަ، ޕީޕީއެމްގެ މެއިލްއަށް ފޮނުވުމަށް ވަނީ އެދިފައެވެ.

ޓެގު