English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މި ޖޫން މަހުގެ އެއްވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީ އާގުޅިގެން 16 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިކުއްޖާގެ އިތުރުން ރަށުގެ ތެރޭގެ އަމާކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ރޭ ގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިމަހު 1 ވަނަ ދުވަހު ރޭ ދެ ގްރޫޕް ދެ މެދުގައި ހިނގި މަރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.

މިމައްސަލާގައި މަރުވި ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދީފައި ވާއިރު ބޮޑަށް އަނިޔާ ލިބިފައި ހުރީ ބުރަކަށްޓާއި އަތުގެ މުލަށްދަނޑިއަށް ކަމަށް އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެތަން ތަނަށް ވަރަށް ފުންކޮށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން މިހާރުއަންނަނީ މިމައްސަލަ ތަހުގީގުކުރަމުންނެވެ.