English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ:އޭއޯ ނިއުސް

ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރުގެ މަސައްކަތް ނިންމާލައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުވައްމުލައް ސިޓީގައި ގާއިމުކުރާ ޓޭބަލް ޓެނިސް (ޓީޓީ) ސެންޓަރުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ މާލޭ ނޫން އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ގާއިމްކުރެވުނު މި ސެންޓަރުގައި ބިދޭސީ ކޯޗަކާއެކު ތަމްރީންތައް ކުރިއަށް ދާނެކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުން ރާއްޖޭގައި މި ކުޅިވަރު ދިރުވާ އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ތ.ތިމަރަފުށި އަދި އައްޑޫ ސިޓީގައި ހުރި ޓީޓީ ސެޓަޕް އިތުރަށް ފުރިހަމަކޮށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި، ޓީޓީ އިން ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާއިރު، ޔޫތު މިނިސްޓްރީންވެސް އަންނަނީ ކުޅިވަރުގެ ދާއިރާއިން ރާއްޖެ އަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.