English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

އަންނަ މަހު ދައުލަތުގެ ރިޒާވް, ނުރައްކާ ވާވަރަށް ދަށްވެދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، މި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނެގި ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދަރަނި 99 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފައި ވަނިކޮށެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށް، ބޮންޑު ވިއްކާ ނަމަ އޭގެ ތަކްލީފާ ފަހުން ކުރިމަތިވާނޭކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ. އަދި މި އަހަރާއި އަންނަ އަހަރު ދަރެނި ދައްކަން ދަތިވާނެކަން އެގި ހުންނަވައިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އަދިވެސް ކަންކަން ހިނގަމުންދާ ގޮތް މަޖިލިސް މެމްބަރުންނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަކަށް ދަށްވެދާނެ ކަމަށެވެ. އަދި މިކަން މާލިއްޔަތު ކޮމިޓީން ސާފުކުރުން ވަރަށް މުހިއްމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.