English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން ގެ މަގާމަށް އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް، އައްޔަންކޮށްފިއެވެ.

ޔޫޝަޢު މި މަގާމަށް ފުރުތަމަ އައްޔަންކޮށްފައިވަނީ ޖުލައި 2021 ގައި ބޭއްވުނު ބޭންކުގެ އަހަރީ އާންމު ޖަލްސާ އަށް ފަހުގައެވެ.

ޔޫޝަޢު މިހާރު އަދާކުރައްވަމުންދަނީ ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރގެ މަގާމެވެ. ޔޫޝަޢު ވަނީ މީގެ ކުރިން ގިނަގުނަ ލީޑަރޝިޕް ރޯލުތަކުގައި މަސައްކަތްކުރައްވާފައެވެ. މިގޮތުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަން ކަމާއި، އެނާރޖީ އެންޑް ވޯޓާރގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރގެ މަގާމު ހިމެނެއެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމުވެސް އަދާކުރައްވާފައެވެ. ޔޫޝަޢު ވަނީ 10 އަހަރުގެ މުއްދަތެއްގައި ދިވެހި ރާއްޖޭގެ އޮޑިޓް އޮފީހުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޔޫޝަޢު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން 2 އަހަރުވަންދެން މަސައްކަތްކުރައްވާފައިވެއެވެ.

ބޭންކުން ވަނީ ރޭ އަހަރީ އާންމު ޖަލްސާ ބާއްވާފައެވެ. އަދި އަހަރީ އާންމު ޖަލްސާގައި ހުރިހާ މެންބަރުންވެސް އަލުން ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް، ކ. މާލެ
  2. މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
  3. އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، ކ. މާލެ
  4. އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، ކ. މާލެ
  5. އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އަލްފާޟިލް ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  7. އަލްފާޟިލް މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ
  8. އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

  1. އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
  2. އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ، ކ. މާލެ
  3. އަލްފާޟިލް އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ