English Edition
Dhivehi Edition

އެމްޑީޕީގެ ދަފްތަރު ސައްހަ ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ރަޖިސްޓްރީގައި ނެތް މީހުން އެ ޕާޓީގެ ދަފްތަރުން ވަކިކުރަން، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ދަފްތަރު ސައްހަކުރުމަށް ހުށަހެޅުއްވީ އިބްރާހިމް ވަހީދު (އިބްރޭ) އެވެ. މި ގަރާރަށް އުތުރު ޕްރޮވިންސްގެ ރައީސް ހުސެއިން އާދަމް ތާއީދުކުރެއްވިިއިރުފައްޔާޒްގެ ޗެއާޕާސަން ކަމުގެ ދަށުން އެމްޑީޕީން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ދަފްތަރު އިސްލާހް ކުރުމުގެ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ގޮތުން އެމްޑީޕީގައި އޮންނަ ޕާޓީގެ ދަފްތަރުގައި 94000 އަށް ވުރެ ގިނަ މެންބަރުން ތިބިއިރު އިލެކްޝަންސް ކޮމިޝަންގައި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 54782 މީހުންނެވެ. އެހެންކަމުން އިލެކްޝަންގެ ދަފްތަރުގައި ނުހިމެނޭ 39911 މީހުންނަކީ ސައްހަ މެމްބަރުން ނޫން ކަމަށާއި އެއީ އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓްރީވެފައިވާ މެމްބަރުން ކަމަށް އެމްޑީޕީގެ ދަފްތަރު ސައްހަ ކުރުމުގެ ވައުދާއި އެކު މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންގެ ދަފްތަރުގައި ނުހިމެނޭ 39،000 މީހުންގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ރަޖިސްޓްރީކޮށްފައިވާ ނަމަ އެ މީހަކު ވަގުތުން ވަކިކުރުމަށް ވަނީ ހުށަހަޅާފައެވެ.އަދި ބާކީ ތިބި މެމްބަރުންނަށް މެމްބަޝިޕް ސައްހަކުރަން ނުވަތަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އީސީގެ ދަފްތަރުގައި ރަޖިސްޓްރީވާން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވެސް ގަރާރުގައި ވަނީ ހިމަނާފައެވެ.

 

 

 

ޓެގު