English Edition
Dhivehi Edition

ހުރިހާ ގޮތަކުން ހިސާބު ޖެހީމާވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިއްޔެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން ކުރީގެ ރައީސް މުހަންމަދު ނަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެން ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދެން ރާއްޖޭގެ ވެރިކަން ނުކުރެވޭނެކަން ސައިންޓިފިކް އުސޫލުތަކުން ވެސް ކަށަވަރު ވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަންޖެހޭނީ ގުޅިފައިވާ ޕާޓިތަކުގެ ތެރެއިން ނެރޭ އިންތިގާލީ ރައީސެއް ކަމަށާއި އިދިކޮޅު ފަރާތްތަށް މިހާރު ތިބީ އިންތިހާބެއްގައި ވާދަކޮށް މޮޅު ވާނެ ކަމުގެ “ސައިންޓިފިކް ޔަގީންކަން” ނެތް ހާލުގައި ކަމަށެވެ