English Edition
Dhivehi Edition

ޔޫރަޕުގެ ކުލަބު ފުޓްބޯޚައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ ތައްޓާއި އެކު ރެއާލް މެޑްރިޑުން ގެނައުމަށް މަސައްކަތް ކުރި ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭގެ މަތިން މުޅިން ހަނދާން ނެތިއްޖެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ލިވަޕޫލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށް ފަހު މީޑިއާއަށް ދިން ބަސްދީގަތުމެއްގައި އެންޗެލޮޓީ ބުނީ މިއީ ރެއާލަށާއި އޭނާއަށް ވަރަށް އުފާވެރި ވަގުތު ކޮޅެއް ކަމަށެވެ. އަދި ރެއާލުގައި މިވަގުތު ތިބި ކުޅުންތެރިންނާއި އެކު ކުރިޔަށް އޮތް ސީޒަނުގައިވެސް ބޮޑެތި ކާމިޔާތީތަކެއް ހޯދިދާނޭ ކަމަށް އެންޗެލޮޓީ ބުންޏެވެ.

އެންޗެލޮޓީ ބުނީ އަންނަ ޒީޒަނަށް ކުލަބު ވަރުގަދަ ކުރުމަށް ކުލަބަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން ގެނަައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރީ އެމްބާޕޭ ގެނައުމަށް ކަމަށް އެންޗެލޮޓީ ބުންޏެވެ. އެހެން ނަމަވެސް ލިބުނު ބޮޑު ކާމިޔާބީއާއި އެކު މިހާރު އެކަމުގެ މަތިން މުޅިން ހަނދާން ނެތިއްޖެ ކަމަށް އޭނާ ބުންޏެވެ.

” މިއީ އަހަރެމެންނަށް ވަރަށް އުފާވެރި ވަގުތުކޮޅެއް، އަހަރެންނަށް ވެސް އަދި ކުލަބައްވެސް. ކުލަބުގައި މިވަގުތު ތިބި ކުޅުންތެރިންނާއި އެކު އަންނަ ސީޒަނުގައިވެސް މި ކާމިޔާބީ ތަކުރާރު ކުރެވޭނެ. އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ލިބުނު ބޮޑު ކާމިޔާބީއާއި އެކު އެމްބާޕޭ މަތިން މިހާރު ހަނދާން ނެތިއްޖެ.” އެންޗެލޮޓީ ބުންޏެވެ.