English Edition
Dhivehi Edition

ސަފާރީއަކާއި މުދާ އުފުލާ ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މާލޭ ހުޅަނގުފަރާތު ކަނޑުމަތިން ކަމަށެވެ. އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އެކްސިޑެންޓްގައި “ހުވަނދުމާ 2” ދޯނި ފަޅައިގެންގޮސް އަޑިއަށްދާތީ، ކޯސްޓްގާޑުން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ދޯނީގައި ގިނަ އަދަދެއްގެ ލަކުޑި ބަރުކޮށްފައި އޮތް ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ. އަދި އެ ދޯނި ޓީ ޖެޓީ ސަރަޙައްދަށް ވަތްފަހުން، އެ ދޯނި ވަނީ އަޑިއަށް ގޮސްފައި ކަމަށް ވެސް ބުންޏެވެ.

ކެރޭނެއްގެ އެހީގައި އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.