English Edition
Dhivehi Edition

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މާދަމާ ރަސްމީ މަސައްކަތް ކުރައްވާނީ މީދޫ އަވަށު އޮފީހުގައި ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ކައުންސިލް ފޭސްބުކް ޕޭޖްގައި މިއަދު ކޮއްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫސިޓީގެ މޭޔާރ ޢަލީ ނިޒާރު 23 މޭއި 2022 ވާ ހޯމަ ދުވަހު ރަސްމީ މަސައްކަތް ކުރައްވަން ހަމަޖެހިފައިވަނީ އައްޑޫސިޓީ މީދޫ އަވަށު އޮފީހުގައިކަމަށެވެ. އަދި މީދޫ ގައި އިދާރީ ގޮތުން ހައްލު ނުލިބި ދިގުލައިގެން ގޮސްފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެސް.ޖީ ގެ އިތުރުން ކައުންސިލްގެ ލީގަލް އަދި ލޭންޑް ސެކްޝަންއިން މޭޔަރ އާއި އެކު މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ހުޅުދޫ އަވަށު އޮފީހުގައި ވެސް ކައުންސިލްގެ ރަސްމީ ޖަލްސާއެއް ވަނީ ބާއްވާފައެވެ. މިއީ އައްޑޫސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ހުޅުމީދޫގައި ބޭއްވި ފުރަތަމަ ފަހަރެވެ. އޭރު މޭޔަރު ވިދާޅުވީ، އެކަމަކީ ކުރިއްސުރެން ވެސް ޕްލޭންކުރެވިފައި އޮތް ކަމެއް ކަމަށާއި ނަމަވެސް ބަލިމަޑުކަމާއި އެހެނިހެން ދަތިތައް ހުރުމުގެ ސަބަބުން ނުކުރެވި އޮތީ ކަމަށެވެ.