English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހުބާން ފަހުމީގެ މައްސަލައެއް ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވެފައިވަނީ މުޖުތަމައު ގަބޫލުކުރާ މިންގަނޑު އަބުރުވެރި، އަހުލާގު ރަނގަޅު މީހެއް ކަމަށް ވުމަކީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ ސިފަތަކުގެ ތެރޭގައި ގާނޫނުގައި ހިމެނޭ ކަމަށްވާއިރު، ޝަހުބާން މިހާރު އެއާ ހިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ގާނޫނުގައި ބުނާ ޝަރުތުތައް، ޝަހުބާންގެ މިހާރު ފުރިހަމަ ނުވާތީ އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނަ މީހެއްގެ ގައިގައި ހުންނަން ގާނޫނުން ލާޒިމްކުރާ އެއްވެސް ސިފައެއް އުނިވެއްޖެނަމަ މަގާމުން ވަކިވާނެއެވެ.

އެފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކުރެވޭއިރު ވެސް، ޝަހުބާން އަދިވެސް މަގާމުގައި ހުންނެވުމުން، ބައެއް ނޫސްތަކުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޝަހުބާންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ފައިސާ ހޯދުމާއި، އެ ފައިސާ ލޯންޑަރކުރާކަމުގެ ތުހުމަތުމަތު ވަނީ ކޮށްފައެވެ.