English Edition
Dhivehi Edition

މޯލްޑިވިއަން އިން މެލޭޝިއާއަށް ޚާއްޞަ ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ މިއީ ކުރިޔަށް އޮތް އަޟްހާ ޢީދު ބަންދާއި ދިމާކޮށް ބާއްވާ ދަތުރުތަކެއް ކަމަށެވެ. މިދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ އަށެއް، 15 ،22 އަދި 29 ވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ.

ބެގޭޖް އެލަވަންސްގެ ގޮތުގައި 20 ކިލޯ ލިބޭ އިރު، އިތުރުވާ ކޮންމެ ކިލޯއަކަށް 10 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.

ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގު 399 ޑޮލަރުން ފެށޭއިރު، މިއަހަރުގެ ފިތުރު ޢީދުގައި ވެސް މެލޭޝިއާގެ ކުއާލަލަންޕޫރަށް މޯލްޑިވިއަން އިން ވަނީ ދެ ދަތުރުކޮށްފައެވެ.

މި ދަތުރުތަކާއި ގުޅޭ އިތުރު މައުލޫމާތާއި ޓިކެޓު ނެގުމުގެ ޚިދުމަތް އީމެއިލް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެއެވެ.