English Edition
Dhivehi Edition

މެސުޓް އޮޒިލް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ގާތް ގުޅުމެއް އޮންނަ ދެ ރަޙުމަތްތެރިންނެވެ.

މި ދެކުޅުންތެރިންގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގައި ހޭދަކުރި ދުވަސްތަކުގައެވެ.

އޮޒިލް އަދި ރޮނާލްޑޯ ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑްގެ އެންމެ ކާމިޔާބީ ދުވަސްވަރު އެ ކުލަބަށް އެކުގައި ކުޅެފައެވެ. އެ ދުވަސްވަރުން ފެށިގެން މި ދެކުޅުންތެރިންގެ މެދުގައި އޮންނަނީ ގާތް އެކުވެރިކަމެކެވެ.

އޮޒިލް ބުނެފަައިވާ ގޮތުން ރޮނާލްޑޯ އަކީ އޭނާއަށް ވަރަށް ޚާއްޞަ ރަޙުމަތްތެރިއެކެވެ. ރެއާލް މެޑްރިޑުގައި އެކުގައި ހޭދަކުރި ދުވަސްވަރު ވަރަށް ގިނަ ގޮތްގޮތުން ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ތަފާތު އެހީތެރިކަން ރޮނާލްޑޯ ފޯރުކޮށްދީފަައިވާ ކަމަށް އޮޒިލް ބުންޏެވެ.

އޮޒިލް ބުނި ގޮތުގައި އޭނާއަށް އެންމެ ޚާއްޞަކަމެއްގެ ގޮތުގައި ފާހަގަވަނީ އޭނާއަށް ބިސްމި ކިޔަން ހަނދާން ނެތޭ ވަގުތުތަކުގައި ރޮނާލްޑޯ އޭނާއަށް ބިސްމި ކިޔަން ހަނދާން ކޮންދޭކަމެވެ.

އެކުގައި އުޅޭ ވަގުތުތަކުގައި ގިނަ ފަހަރު ބިސްމި ކިޔަން ހަނދާން ނެތޭ ވަގުތުތަކުގަައި އެކަން ހަނދާނަށް ގެނެސްދެނީ ރޮނާލްޑޯ ކަމަށާއި އަދިވެސް އެކަންތައް ހަނދާނުން ފިލާ ނުދާކަމަށް އޮޒިލް ބުންޏެވެ.

” ރޮނާލްޑޯ އަބަދުވެސް ބިސްމި ކިޔަން އަހަރެންނަށް ހަނދާން ކޮށްދޭ. ހަނދާން ނެތޭ ކޮންމެ ފަހަރަކު އެކަން އަހަރެންނަށް ހަނދާން ކޮށްދެނީ ރޮނާލްޑޯ. އޭ އޮޒިލް ބިސްމި ކިޔަން ހަނދާން ނައްތާނުލާތި، އަހަރެން ކޮންމެ ކަމެއް ކުރިޔަސް ރޮނާލްޑޯ މިހެން ބުނާނެ.” އޮޒިލް ބުންޏެވެ.

ރޮނާލްޑޯ އާއި އޮޒިލް ވަނީ 10 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ރެއާލް މެޑްރިޑަށް ކުޅެ ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.