English Edition
Dhivehi Edition

ތިން ޤައުމަކަށް ދަތުރެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

އެ ބޭންކުން ބުނީ މިއީ ލުއި ލޯނާއި ވެހިކަލް ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އާއި ވެހިކަލް ފައިނޭންސިންގ އަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަންގެ ބޮޑު އިނާމަކީ ޔޫއޭއީ، އިޖިޕްޓް އަދި ޖޯޑަން ހިމެނޭ ގޮތަށް ދެ މީހަކަށް ޓުއަރ ޕެކޭޖެކެވެ. މި ޕެކޭޖްގެ ދަށުން ފްލައިޓް ޓިކެޓާއި 9 ރޭގެ ހުރުމާއި ކެއުން ހަމަޖެހޭނެއެވެ.

މީގެ އިތުރުން 15 މޭ އިން ފެށިގެން 30 ޖޫންގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް 10000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލް އެކްސްޕްރެސް ލޯނާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އަށް 20000 ރުފިޔާ އިން ފެށިގެން 300000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭއިރު، ލުއި މައިކްރޯ އާއި ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ މައިކްރޯ ގެ ދަށުން 25000 އާ ހަމަޔަށް އެދި ހުށަހެޅޭނެއެވެ.

ބީއެމްއެލުން ބުނީ ވެހިކަލް ލޯނާއި ވެހިކަލް ފައިނޭންސިންގ ދަށުން ދެފުރޮޅުލީ އުޅަނދު ގަތުމަށް 300000 ރުފިޔާ އާ ހަމަޔަށް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށާއި ހަތަރު ފުރޮޅުލީ އުޅަނދާއި ޖެޓް ސްކީ އަދި އިންޖީނުލީ ޑިންގީ ފަދަ ތަކެތި ގަތުމަށް 500000 ރުފިޔާއާ ހަމަޔަށް އެދި ހުށަހެޅޭނެ ކަމަށެވެ.