English Edition
Dhivehi Edition
ފޮޓޯ: އިލެކްޝަންސް ކޮމިޝަން ޓްވިޓަރ

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ފަށައިފިއެވެ.

މި އިންތިޚާބު ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އިންތިޚާބަށް ހަ ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ 2،900 މީހުން ތިއްބެވެ.

މި އިންތިޚާބުުގައި ވާދަކުރަނީ ޕީޕީއެމުން ވާދަކުރައްވަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރައްވަނީ އާމިނަތު ޝީޒާއެވެ.

މި ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެމްބަރު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ނިޔާވުމުންނެވެ. އޭނާ ނިޔާވީ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.