English Edition
Dhivehi Edition

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން ފޯވާޑް އާލިން ހާލަންޑް މެންޗެސްޓަރ ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުޔައް ބުނާގޮތުން ހާލަންޑް މިހާރުވަނީ ސިޓީއަށް ބަދަލުވުމަށް އެއްބަސްވެފައެވެ. އަދި ސިޓީއާއި އެކު އެއްބަސްވުން މިހާރު ހަދާފައިވާ ކަމަށާއި މިހަފްތާގެ ތެރޭގައި ހާލަންޑް ރަސްމީކޮށް ސިޓީއަށް ބަދަލުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފައިނަލްވެ، އެކަން ރަސްމީކޮށް އިއުލާން ކުރެވޭނެ ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އަދި ސިޓީގައި މިހާރު އޭނާ ވަނީ ފުރަތަމަ މެޑިކަލް ޓެސްޓުވެސް ފުރިހަމަ ކޮށްފައިކަމަށާއި އަދި މެޑިކަލްގެ އިތުރު މަރުހަލާތައް މި ހަފްތާގެ ތެރޭ ފުރިހަމަވެގެން ދާނެކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

ސިޓީން އަށް ބަދަލު ވުމަށް ހާލަންޑް އެއްބަސްވެފައިވާއިރު، އޭނާ ހޯދުމަށް ޔޫރަޕްގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިވެއެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ، ސްޕެއިންގެ ރެއާލް މެޑްރިޑް، ބާސެލޯނާގެ އިތުރުން ޖަރުމަންގެ ބަޔާން މިއުނިކް ހިމެނެއެވެ.