English Edition
Dhivehi Edition
ފޮޓޯ: އެމްޓީސީސީ

“ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022” ގެ ދަށުން، ބޭއްވުމަށް ހަމަޖެހިފައިވާ ރެކްރޫޓްމަންޓް އޯޕަން ޑޭ، އައްޑޫސިޓީގައި ބާއްވަން ނިންމައިފި އެވެ.

މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ 11 ސަރަހައްދެއްގައި މި ޕްރޮގްރާމް ކުރިއަށް ދާއިރު، އައްޑޫ ސިޓީގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގައެވެ. މި ގޮތުން މި މަހުގެ 09 ވަނަ ދުވަހު ހެނދުނު 09:00 އިން 12:00 އަށް ފޭދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ހަމަ އެ ދުވަހު ހިތަދޫގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 އިން 17:00 އަށެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި މި މަހުގެ 10 ވަނަ ދުވަހު 14:00 އިން 17:00 އަށް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ ރެކްރޫޓްމަންޓް އޯޕަން ޑޭ ގެ މަޤްސަދަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަންގެ ޑްރެޖަރުތަކާއި ކުންފުނީގެ އެއްގަމު ދަތުރުފަތުރު ގެ ނިޒާމްފުޅާ ކުރުމަށްޓަކައި، މިއަހަރުގެ ޖޫންމަހު ގެނައުމަށް ހަމަޖެހިފައިވާ 34 ބަސް ދުއްވާނެ މުވައްޒަފުން ރެކްރޫޓްކުރުމެވެ،

ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ގެނެވޭ 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ. ފޭދޫ، ސ. ހުޅުމީދޫ، ޏ. ފުވައްމުލަށް، ލ. ގަން އަދި ލ. އިސްދޫގައެވެ.

އެމްޓީސީސީން ބުނީ ބަސް ދުއްވަން ނެގޭ ފަރާތްތައް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސްދުވަސްތެރޭ ތަމްރީން ކުރެވި ލައިސެންސް ލިބޭނެ ކަމަށާއި ތަމްރީން ކާމިޔާބު ކަމާއެކު ނިންމާ ލައިސެންސް ލިބޭ ފަރާތްތަކަށް 14,000 ރުފިޔާއާއި 18,000 ރުފިޔާގެ މުސާރައަކާއެކު ބަސް ޑްރައިވަރ ގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން، ޖުމްލަ 22 ބަސް ޑްރައިވަރުން ރެކްރޫޓް ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން، ޑްރެޖަރ ބޭނުންކުރުމަށްޓަކައި، ޖުމްލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެއެވެ. މިގޮތުން، ޑްރެޖް މާސްޓަރ، ޑްރެޖް އޮޕަރޭޓަރ، ޑްރެޖް މެކޭނިކް، ޑްރެޖް ކްރޫ، ޓަގް އޮޕަރޭޓަރ، ޓަގް ކްރޫ، ވެލްޑަރ އަދި ޑްރެޖް ސުޕަވައިޒަރ ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ.

މި ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާ ފަރާތްތަކަށް 10,000 ރުފިޔާއާއި 33,000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއި އެކު އެ ކުންފުނީގެ ވަޒީފާ ހަމަޖެހިގެންދާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގެ އިތުރުން މި މަހުގެ 12 ވަނަ ދުވަހު، ފުވައްމުލައް ސިޓީގައިވެސް ރެކްރޫޓްމަންޓް އޯޕަންޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ރާއްޖޭގެ 11 ރަށެށްގައި ކުރިއަށް ދާނެއެވެ.