English Edition
Dhivehi Edition

ހިތަދުއަށްއެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީވުމަށްޓަކައި އައްޑޫސިޓީކައުންސިލުން ހުޅުވި ފަންޑަށް ލިބިފައިވާ ފައިސާ އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެއެވެ. އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުހައްމަދު ޔަސްރިފް މިއަދު ވިދާޅުވީ ފައިސާ ބަހާނެ އުސޫލެއްވެސް މިހާރުވަނީ ކަނޑައަޅައިފައި ކަމަށެވެ. އެހެންނަމަވެސް އެއުސޫލާ ބެހޭގޮތުން މާބޮޑު ތަފްސީލެއް އޭނާ ނުދެއްވައެވެ. ފައިސާ ބެހުމުގެ ކުރިން މާދަމާ ހެނދުނު 10:00 ގައި އެކަމާގުޅޭ ޚާއްސަ ބައްދަލުވުމެއްވެސް ސިޓީކައުންސިލުގައި އޮންނާނެ ކަމަށް ޔަސްރިފް ވިދާޅުވިއެވެ. ނަގޫރޯޅީގެ ހާދިސާގައި ހިތަދޫގެ 29 ގެއަކަށް އެކިވަރުގެ ގެއްލުންވަނީ ވެފައެވެ. އޭގެ ތެރެއިން 13 ގެއަކަށްވަނީ ބޮޑުވަރުވެފައެވެ. އެހީގެ ފަންޑަށްވަނީ ފަސްދޮޅަސް 66،600 ރުފިޔާ ލިބިފައެވެ.