ވިލިމާލޭ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އައިމިނަތު ޝީޒާ ވިދާޅުވެއްޖެއެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކެމްޕޭން ޓީމުން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ދަނީ ވަރުބަލިކަމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މިކުރެވޭ ބުރަ މަސައްކަތާއެކު މިއިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ.
އަޅުގަނޑުގެ ކެމްޕޭން ޓީމުން އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ދަނީ ވަރުބަލިކަމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުން. މިކުރެވޭ ބުރަ މަސައްކަތާއެކު މިއިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން.#VoteMNP #VoteSheeza #Vote2 2⃣✅ pic.twitter.com/tUzf0o2rgz
— Sheeza (@SheezaWDC) May 7, 2022
ޝީޒާ މިހެން ވިދާޅުވެފައިވާއިރު، “ޝީޒާގެ ހަވީރީ ހިނގުން” ނަމުގައި ޑޯޓުޑޯ ހަރަކާތެއް ވެސް އަންނަނީ ހިންގަމުންނެވެ. އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކޮށް އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާއަށް ތާޢީދު ހޯދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
މިޑޯޓުޑޯ ހަރަކާތުގައި ވިލިމާލޭގައި ހުރި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކުގެ ޚިޔާލާއި މަޝްވަރާކޮށް، ރައްޔިތުންގެ ޚިޔާލު ވެސް އަންނަނީ ހޯދަމުންނެވެ.
މި ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ވިލިމާލޭގައި ހުރި ބައެއް މައްސަލަތައް މިހަރުވެސް ފާހަގަވެފައިވާ ކަމަށާއި އެމައްސަލަތައް ޙައްލުކުރުމަކީ އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށް ޝީޒާ ވަނީ ވިދާޅުވެފައެވެ. އަދި މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންނާ ގާތުން އެމަސައްކަތްތައް އެންމެ ރަނގަޅަށް ކޮށްދެވޭނެ ކެންޑިޑޭޓަކީ ޝީޒާ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހުރިހާ ކެނޑިޑޭޓުން ވެސް އިންތިޚާބުގެ އުސޫލުތަކާ އެއްގޮތަށް ކެމްޕޭން ކުރިޔަށް ގެންދިއުމަށް ހުރިހައި ކެންޑިޑޭޓުންގެ ކިބައިން ވެސް އެމްއެންޕީން ވަނީ އެދިފައެވެ.
މި އިންތިޚާބުގައި ދެން ވާދަކުރަނީ ޕީޕީއެމް އިންނެެވެ.