English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ ”ބީއެމްއެލް ވައު ކިޑްސް ރަން 2022” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަަތަރު އުމުރުފުރާއަކަށް ބަހާލައިގެން ހުޅުމާލޭގައި ބާއްވާ މި ދުވުން އޮންނާނީ މި މެއި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 06:10 ގައެވެ.

މިއަހަރުގެ ކެޓަގަރީތަކަކީ ހަތަރު ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:10 (10-12 އުމުރުފުރާގެ ކުދިން)، ތިން ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:30 (8-10 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު) ދެ ކިލޯ މީޓަރުގެ ދުވުން ހެނދުނު 06:50 (06-08 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު) އަދި އެއް ކިލޯ މީޓަރުގެ ދުވުން ހެނދުނު 07:10 (04-06 އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު) އެވެ.

ހަތަރު ކިލޯ މީޓަރު ދުވުމުގައި ބައިވެރިވުމަށް 199ރ. ގެ ފީއެއް ދައްކަން ޖެހޭއިރު، އެހެން ކެޓަގަރީތަކުގައި ބައިވެރިވުމަށް ދައްކަންޖެހޭނީ 299ރ. އެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިިބުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މި ހަރަކާތަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބެއެވެ. މިދިޔަ ޑިސެމްބަރުގައި ބޭއްވި ހަރަކާތުގައި ވެސް 900 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފައެވެ.