English Edition
Dhivehi Edition

ޤާނޫނު އަސާސީން ރައީސް ޔާމީނަށް ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލުޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭންޖެހޭ ދިރި ހުރިހުރުމުގެ ހައްގު ވެސް ރަނގަޅަށް ކަށަވަރު ނުވާކަމަށެވެ. އަދި އެމަނިކުފާނުގެ ގެއަށް ވެސް ބޭނުން ގަޑިއަކު ފުލުހުން ވަދެ ބޭނުން ކަމެއް ކުރަމުންދާކަން ފާހަގކުރައްވާ އަދުރޭ ވިދާޅުވީ މިކަމުގެ ސަބަބުން އާއިލާއަށް ވެސް ބޮޑު ބިރުވެރިކަމަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީނަށް އިންޒާރުދީ ވީޑިއޯ އާންމުކުރި މީހުންނަށް ހިތްވަރު ލިބޭގޮތަށް ޑިފެންސް މިނިސްޓަރު މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި މީގެ ކުރިން ވެސް ރައީސް ޔާމީނަށް އެފަދަ އިންޒާރުތައް ދީގެން އިދިކޮޅުގެ ފަރާތުން ފުލުހަށް ހުށަހެޅި އެއްވެސް މައްސަލައެއް މިހާތަނަށް ބަލާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.