English Edition
Dhivehi Edition

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، ޙާއްޞަ އޮފަރއެއް މިއަދު ވަނީ އެކުންފުނިން ތައާރަފްކޮށްފައެވެ.

މި އޮފަރގެ ދަށުން ޢީދު ޗުއްޓީ ތެރޭގައި ދުވާލަކު 1ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް 150ރ ޕެކް ބައްލަވައިގަތުމުން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2ޖީބީ، މުޅިއަކު ދުވާލަކު 3ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެއެވެ.

މި އޮފަރ ތައާރަފް ކުރެވިފައިވަނީ ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ ޢީދުގެ އުފަލާ މަޖާ ހިއްސާކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ. މި ޑޭޓާ ޕެކް އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް އެކްޓިވޭޓް ކޮއްލެވޭނެއެވެ.

އުރީދޫގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

“އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ނޫރާ ވިދާޅުވިއެވެ.

އާޗާ ޕްރިޕެއިޑް ބޯނަސް އޮފަރގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށްވެސް ވަނީ ޙާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ކްލަބް ޕްރިމިއަރ ކަސްޓަމަރުންނަށް ޢީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއަރ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން %10 ޑިސްކައުންޓް ލިބިގެންދާނެއެވެ.

ޓެގު