English Edition
Dhivehi Edition

ބާކީ ހަތަރު މެޗު އޮއްވައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ބާކީ ހަތަރު މެޗު ކުރިޔަށް އޮއްވާ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް އަށް ކަށަވަރުވީ ރޭ ލީގުގައި އެސްޕަންޔޯލް އާއި ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއިން މޮޅުވުމާއި ގުަޅިގެންނެވެ.

މިއީ ރެއާލުން ސްޕެއިނުގެ ޗެމްޕިއަންކަން ހޯދި 35 ވަނަ ފަހަރަށްވާއިރު، ރެއާލަކީ ސްޕެނިޝް ލީގު އެންމެ ގިނައިން ކާމިޔާބުކުރި ޓީމުވެސް މެއެވެ.

މި ފަހަރުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ރެއާލް ހޯދިއިރު، އެޓީމަށް ވަނީ މިހާތަނަށް ކުޅުނު 34 މެޗުން ޖުމްލަ 81 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗު އެއްވަރު ކޮށްލައިގެންވެސް ރެއާލަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އޮތްއިރު، އެޓީމުން ވަނީ ރޭ އެަްޕަންޔޯޅް އާއި ދެކޮޅަށް ކުޅެ މޮޅުކުޅުމެއް ދައްކައި ފަސޭހަކަމާއި އެކު އެސްޕަންޔޯލް ބަލިކޮށްފައެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި މާސެލޯގެ އެހީތެރިކަމާއި އެކު ރޮޑްރީގޯ ރެއާލް އަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 43 ވަނަ މިނެޓުގައި ރެއާލަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދިނީ ވެސް ރޮޑްރީގޯ އެވެ.

ރެއާލުގެ ތިންވަނަ ލަނޑު މާކޯ އަސެންސިއޯ ކާމިޔާބު ކޮށްދިންއިރު، ރެއާލްގެ ފަހު ލަނޑު ކާމިޔަބު ކޮށްދިނީ ރޭގެ މެޗު ބެންޗުން ފެށި ފޯވާޑް ކަރީމް ބެންޒެމާއެވެ.

ސްޕެނިސް ލީގުގެ ތާވަލަށް މިވަގުތު ބަލާލާއިރު، ލީގުގެ ދެ ވަނައިގައި އޮތީ 64 ޕޮއިންޓާއި އެކު ސެވިއްޔާ އެވެ. އަދި ލީގުގެ ތިން ވަނައިގައި 63 ޕޮއިންޓާއި އެކު އޮތީ ބާސެލޯނާއެވެ.