English Edition
Dhivehi Edition

ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 71 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެސްފޯލްޓް ޕްލާންޓް ވެސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. އަދި އެސްފޯލްޓް ޕްލާންޓް ޕްރޮޖެކްޓު ސައިޓަށް ގެންދިޔައީ އޭޕްރީލް 27 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. އަދި 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް މި ޕްރިޖެކްޓުގައި ވަނީ ހިމަނާފައެވެ.

މިއީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.