English Edition
Dhivehi Edition

ނަމާދު އަޅާފައި ހިފާ ރޯދަ ޞައްޚަ ވާނެތޯ ނުވަތަ ނޫން ތޯ މިއީ ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރޭގައި އުފައްދާ ސުވާލެކެވެ. އަދި މިހާރުވެސް އުފެދެމުން އަންނަ ސުވާލެކެވެ.

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ކީރިތި ޤުރުއާންގައި ވެސް މާތްﷲ ވަނީ ނަމާދު އަދާކުރުމަށް އަންގަވާފަ އެވެ. އެހެންކަމުން ރުކުންތަކުގެ ތަރުތީބަށް ބަލާއިރު ވެސް ނަމާދު، ރޯދައަށްވުރެ އިސްވެ އެވެ. އެހެން ކަމުން އިސްލާމްދީނުގެ ރުކުންތައް އަދާކުރާއިރު އޭގެ ތަރުތީބަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިސްލާމްދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ސަހާދަތް ކިޔުމާއި ނަމާދުކުރުމާއި ޒަކާތް ދިނުމާއި ރޯދަ ހިފުމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖަށް ދިޔުމެވެ.

ނަމާދު އަޅާފަ ރޯދަ ހިފުމާ ބެހޭ ގޮތުން އިލްމްވެރިން ވަނީ ބަހުސްކޮށްފަ އެވެ. ބައެއް އިލްމްވެރިން ވިދާޅުވާ ގޮތުގައި ނަމާދު އަޅައިފިނަމަ އެމީހަކު ދީނުން ބޭރުވާނެ އެވެ. އަނެއް ބައި އިލްމްވެރިން ވިދާޅުވަނީ ނަމާދުގެ ވާޖިބުކަން ގަބޫލުކުރާ ހާލު، ފަރުވާކުޑަކަމުން ނަމާދު ދޫކޮށްލައިފިނަމަ އެމީހަކު އިސްލާމްދީނުން ބޭރެއް ނުވާނެ އެވެ. އެމީހާއަށް އޮތީ ތައުބާވުމެވެ.

ނަމާދު އަޅައިފިނަމަ ދީނުން ބޭރުވާނެ ކަމަށް ވިދާޅުވާ އިލްމްވެރިންގެ ނަޒަރުގައި ގަސްދުގައި ނަމާދު އަޅާފައި، ރޯދަ ހިފާނަމަ އެ ރޯދައެއް ސައްހައެއް ނުވާނެ އެެވެ. އަނެއް ބައި އިލްމްވެރިން ވިދާޅުވަނީ ފަރުވާކުޑަވެގެން ނަމާދު ދޫކޮށްލައި މީހާގެ ރޯދަ ސައްހަ ވާނެ އެވެ. ނަމަވެސް އޭނާ އެކަމަށް ތައުބާވާން ޖެހޭނެ އެވެ.

މި ހުރިހާ ކަމަކުން ވެސް އެނގެނީ ނަމާދުނުކޮށް ހިފާ ރޯދައަކުން ހެޔޮ ސަވާބާއި ދަރުމަ ނުލިބޭނެ ކަމެވެ. އަދި އެއީ މާތްﷲގެ ހަސްރަތުގައި ގަބޫލު ނުކުރެވޭ ރޯދައަކަށް ވެސް ވެދާނެ އެވެ.

ނޯޓް : މި ލިޔުމުގައި ހިމަނާފައި ވާ މަޢުލޫމާތު ކޮޅަކީ ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން ނެގިފައިވާ މަޢުލޫމާތު ކޮޅެއް